މާފަންނުގައި ފެންބޮޑުވުން, ސިޓީކައުންސިލްގެ އިހުމާލެއް!
ސްޓޯމް ވޯޓަރ ޕަމްޕް ސްޓޭޝަނަސް ގެއްލުންވެފަ: ފޮޓޯ- މިނިސްޓަރ މުއްޠަލިބް ޓްވީޓަރ

މާފަންނުގައި ފެންބޮޑުވުން, ސިޓީކައުންސިލްގެ އިހުމާލެއް!

1 year ago - 14:28
Jan 11, 2025 - 14:28
Advertisement
Advertisement

މާފަންނުގައި ފެންބޮޑުވަނީ މާލެ ސިޓީ ކައުންސިލްގެ އިހުމާލަކުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. ރޭ ދަންވަރުވެސް މާލެއަށް ބޯކޮށް ވާރެހެވި ފެންބޮޑުވެފައި ވަނިކޮށް މިނިސްޓަރ މުއްޠަލިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފަންނުގައި ފެންބޮޑުވަނީ މާލެ ސިޓީ ކައުންސިލްގެ އިހުމާލުން ސްޓޯމްވޯޓަރ ޕަމްޕް ސްޓޭޝަނަކަށް ގެއްލުންވެ ހަލާކުވެގެން ކަމަށެވެ.

ސްޓޯމްވޯޓަރ ޕަމްޕް ސްޓޭޝަން ހަލާކުވީ މާލެ ސިޓީ ކައުންސިލުން މާފަންނު ސަހަރާގައި އެކްސްކަވޭޝަން މަސައްކަތެއް ކުރަމުން ދިޔައިރު ކަމަށެވެ. މާލެ ސިޓީ ކައުންސިލުން ކޮންޓްރެކްޓަރެއް ލައްވާ އެމަސައްކަތް ކުރީ ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ނޭންގި, ހުއްދަ ހޯދުމެއް ނެތި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޒިންމާދާރުކަމެއް ނެތި މާލެ ސިޓީ ކައުންސިލާއި, އެމަސައްކަތުގެ ކޮންޓްރެކްޓަރ މަސައްކަތް ކުރުމުގެ ތެރޭގައި ސްޓޯމްވޯޓަރ ޕަމްޕް ސްޓޭޝަނަށް ލިބުނު ގެއްލުންތައް ރަނގަޅުކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން މިހާރު ކުރަމުންދާ ކަމަށެވެ.

https://x.com/muththo/status/1877984450740629870

މިދިޔަ ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދެފަހަރެއްގެ މަތީން ވަނީ މާލޭގައި ވަރަށްބޮޑަށް ފެންބޮޑުވެ ޢާއްމު ދިރިއުޅުމަށް އުނދަގޫވެފައެވެ. މާލޭގައި ފެންބޮޑުވުމުގެ މައްސަލައަކީ ހައްލެއް ނުލިބި އޮތް ޒަމާންވީ މައްސަލައެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement